ލ. ބަރެސްދޫގައި ހިންގާ ތަފާތު ގިނަ މަޝްރޫއުތައް ކުރިއަށް އޮތް 24 މަސް ދުވަސް ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނެފި އެވެ.
އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު މިއަދު ވީނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި މަސައްކަތްތައް މިހާރު ހަވާލުކޮށްފައިވާ ކުންފުނިތަކާ އެކު އެ މަޝްރޫއުގެ މަސައްކަތްތައް ފަށާނެ ކަމަށާއި އަދި 18 މަސް ނޫނީ 24 މަސް ތެރޭގައި ހުރިހާ މަޝްރޫއުތައް އެކީ އެކަށް ނިންމާލަން އަމާޒު ހިފާފައިވާ ކަމަށެވެ.
ބަރެސްދޫ މަޝްރޫއު ހިނގަމުންދާ ގޮތަށް ބަލާއިރު 30 އަށް ވުރެ ގިނަ ގެސްޓް ހައުސް އެރަށުގައި އެޅުމަށް ވަނީ ނިންމާފަ އެވެ. މީގެތެރެއިން ކޮންމެ ގެސްޓް ހައުސްއެއްގައި 50 ކޮޓަރި ހުންނާނެ އެވެ. އަދި މޫދު ވިލާއާއެކު 300 ކޮޓަރީގެ ތިން ހޮޓާ ހަދަން ވެސް ވަނީ ނިންމާފަ އެވެ.