ވޯޓާސްޕޯޓްސް އާއި ޑައިވިން އަށް ހާއްސަކޮށްގެން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ "ބޫޓް ފެއާ"ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިފެއާގައި ރާއްޖޭގެ ހަ ކުންފުންޏަކަށް ނިސްބަތްވާ 14 މަންދޫބުން ބައިވެރިވާ ކަމަށެވެ. މީގެ ތެރޭގައި އެމްއެމްޕީއާރްސީ ވެސް ހިމެނެ އެވެ.

ޖަރުމަނުގެ ޑަސްލްޑޯފްގައި ކުރިއަށްދާ މި ފެއާގައި އާންމު ގޮތެއްގައި އިޝްތިހާރު ކުރަނީ ވޯޓާސްޕޯޓްސްއައި ޑައިވިންއާ ގުޅޭ ތަކެއްޗާއި ޑައިވް ކުރަން އެންމެ ރަނގަޅު މަންޒިލް ތަކާއި ލަގްޒަރީ ޔޮޓްތައް ވެސް އިޝްތިހާރު ކުރެ އެވެ.