ދިވެހި ބަހާއި، ދިވެހިންގެ ހާއްސަ އާދަކާދަތައް ހިމަނައިގެން އުރީދޫ އިން ފަރުމާކޮށްފައިވާ "އޮލަ ވާހަކަ" ވައިބަރ ސްޓިކާ ސެޓް އަށް ހޫނު ތަރުހީބެއް ލިބި، ސްޓިކާތައް ތައާރަފްކުރިތާ ފުރަތަމަ މަސްތެރޭގައި ދެ މިލިއަން ފަހަރު ބޭނުންކޮށްފައިވާ ކަމަށް އުރީދޫން ބުނެފި އެވެ.
އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ މި ސްޓިކާ ތަކަކީ މަޤްބޫލު ޑިޖިޓަލް ޕްލެޓްފޯރމް ތަކުގައި ދިވެހިބަސް ބޭނުންކުރުމުގެ ފުރުސަތު ފުޅާކޮށްދިނުމުގެ މަގްސަދުގައި ފަރުމާކޮށްފައިވާ ސްޓިކާތަކެއް ކަމަށެވެ.
ނޫރާ ވިދާޅުވީ މި ސްޓިކާތައް މެދުވެރިކޮށް ދިވެހީންގެ އަމިއްލަވަންތަކަމާއި އެކު، އަމިއްލަ ބަހުން މުއާމަލާތުކުރުމުގެ ފަހުރު ލިބިގެންދާ ކަމަށެވެ.
"މިފަދަ ކަންކަމުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބެމުންދާ ތަރުޙީބަށް ޝުކުރު އަދާކުރަމުން، މިފަދަ ދިވެހިވަންތަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން." ނޫރާ ވިދާޅުވި އެވެ.
ނޫރާ އިތުރަށްއ ވިދާޅުވީ މިއަދުގެ ދިވެހި މުޖުތަމައުގައި ފެނިގެންދާ ހާއްސަ އާދަކާދަތަކާއި، ދިވެހިންގެ އަމިއްލަވަންތަ ބަހުރުވަ ދައްކުވައިދޭ ތަފާތު ދެ ވައިބަރ ސްޓިކަރ ޕެކް އުރީދޫ އިން ތައާރަފް ކޮށްފައިވާއިރު ކުރިއަށް އޮތްތަނުގައިވެސް، އުރީދޫ އިން ވައިބާގައި ދިވެހިބަހުގެ މުއްސަނދިކަން ދައްކުވައިދޭ އިތުރު ސްޓިކާތައް ތައާރަފް ކުރަމުންދާނެ ކަމަށެވެ. އަދި މި ސްޓީކާތައް ވައިބާ ސްޓިކާ މާކެޓުން ހިލޭ ޑައުންލޯޑު ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހި ކުރުމުގައި ރާއްޖޭގެ ގިނަބައެއް ވައިބާ ބޭނުން ކުރަމުންދާއިރު، އުރީދޫ އިން ވަނީ ވަރަށް އަގުހެޔޮކޮށް ވައިބާ ބޭނުންކުރެވޭ ޗެޓް ޕެކްތަކެއް ތައާރަފްކޮށްފައެވެ. އެއް ދުވަހު ވައިބާ ބޭނުންކުރެވޭ ގޮތަށް ތައާރަފްކޮށްފައި ވާ "ވައިބާ5" އިން ފަސް ރުފިޔާއަށް 30 އެމްބީއާ ހަމައަށް ވައިބާ ބޭނުން ކުރެވެއެވެ. އަދި "ވައިބާ11" ޕެކޭޖުން 11 ރުފިޔާއަށް ފަސް ދުވަހުގެ ތެރޭގައި 80 އެމްބީއާ ހަމައަށް ވައިބާ ބޭނުންކުރެވެއެވެ.