ތައިލެންޑްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ސްޕްރިންމޭޓްގެ ތަކެތި ލިބޭ ޝޯރޫމެއް މާލޭގައި ހުޅުވައިފިއެވެ.
"ޝޯ ސައިޑް ކޮމްފޯޓު އެންޑް ސްޓައިލް"ގެ ނަމުގައި މިއަދު ހެނދުނު ހުޅުވި މި ޝޯރޫމް ހުންނަނީ ގަލޮޅު ޑޭޒީމަގުގައެވެ. ލަގްޒަރީ އެޕާޓްމަންޓްތަކަށް ބޭނުންވާ ހުރިހާ ސާމާނު ލިބެން ހުންނަ މިޝޯރޫމް ހުޅުއްވައިދެއްވީ ކުރީގެ ވަޒީރު މައުރޫފް ޖަމީލެވެ. ޝޯރޫމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދު ބާގިރު ވެސް ބައިވެރިވެވަޑައިގަތެވެ.
ސްޕްރިންގްމޭޓްގެ ބްރޭންޑާ ބެހޭ ގޮތުން "ސިސް އެންޑް ބްރޯ" ކުންފުންޏާ ހަވާލުވެ ހުންނެވި އިސްވެރިޔާ އަބްދުﷲ ރަޝީދު ވީނިއުސްއަށް ވިދާޅުވީ މީގެ ތިން އަހަރު ކުރިންވެސް މިބްރޭންޑް ރާއްޖޭގައި ވިއްކި ކަމަށެވެ. އަދި އަހަރެއްގެ މެދުކެނޑުމަށްފަހު އަނެއްކާ ވެސް އާ ޝޯ ރޫމެއް ހުޅުވިގެން ދިޔައިރު މި ބްރޭންޑަކީ ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބްރޭޑެއްކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.