ރާއްޖޭގެ ކޮންމެ ނެޓްވޯކަކަށްވެސް ބޭނުން ވަރަކަށް ކޯލާއި އެސް.އެމް.އެސް ކުރެވޭ އަދި ރާއްޖޭގައި އެންމެ ގިނަ ޑޭޓާ ހިމެނޭގޮތަށް "ސްމާރޓް އެގްޒެކެޓިވް" ގެ ނަމުގައި ހާއްސަ މޯބައިލް ޕޯސްޓްޕެއިޑް ދެ ޕެކޭޖް މިއަދު ދިރާގުން ތައާރަފުކޮށްފި އެވެ.
"ސްމާރޓް އެގްޒެކެޓިވް 1499" އަދި "ސްމާރޓް އެގްޒެކެޓިވް 1999" ގެ ނަމުގައި ދިރާގުން ތައާރަފްކުރި މި ދެ ޕެކޭޖަކީ ވިޔަފާރި ވެރިންނާއި، އެގްޒެކެޓިވްސް އަދި ޕްރޮފެޝަނަލް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވަރަށް އެކަށީގެންވާ ޕެކޭޖްތަކެއް ކަމަށް އެކުންފުނިން ބުނެއެވެ.
ދިރާގުން ބުނީ ސްމާރޓް އެގްޒެކެޓިވް 1499 ގައި 30 ޖީބީ ޑޭޓާ އަދި ސްމާރޓް އެގްޒެކެޓިވް 1999 ގައި 45 ޖީބީގެ ޑޭޓާ ހިމެނޭނެ ކަމަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް މޯބައިލް ޕެކޭޖަކަށް ކަނޑައެޅޭ އެންމެ ބޮޑު ޑޭޓާ އެލަވަންސްއެވެ. މި ދެ ޕެކޭޖުންވެސް ޑޭޓާ އެލަވަންސް ހުސްވިޔަސް އެކްސެސް ޗާޖެއް ނޯންނާނެ ކަމަށް ދިރާގުން ބުނެ އެވެ.
މީގެ އިތުރުން ދިރާގުން ބުނީ ދެޕެކޭޖުންވެސް، ހިޔާރު ކުރާ ރާއްޖެއިން ބޭރުގެ ކޮންމެވެސް އެއްގައުމަކަށް ގުޅާ އިރު %50 ގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ.