މާލޭގައި ވިޔަފާރިކުރާ ގިނަ ތަންތަނުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގިފްޓް ކާޑު ގަންނަން ލިބޭނެ އިންތިޒާމް ހަމަޖއްސައިފި އެވެ.
މާލޭގައި ގިފްޓް ކާޑު ލިބޭ ތަންތަން އިތުރުކޮށް، މިކާޑު ސިވިލް ކޮފީ ސޮސައިޓީ ކެފޭ އިން ވިއްކުން އިފްތިތާހް ކޮށްދެއްވުމަށް ބޭއްވި ހަފްލާގައި ތީމް އެއްގެ ގޮތުގައި "އަހަރެންގެ ބޭންކް" ބޭނުންކޮށް ގިފްޓް ކާޑު އެ ހަފްލާއަށް ދިޔަ މެހްމާނުންނަށް ހިލޭ ހަދިޔާ ކޮށްފައިވެ އެވެ.
ސިވިލް ކޮފީ ސޮސައިޓީ ކެފޭ އިން މި ކާޑު ވިއްކުން އިފްތިތާހް ކޮށްދެއްވުމަށްފަހު ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ މާލޭގައި ގިފްޓްކާޑު ވިއްކާ ތަންތަން އިތުރުވެގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ވިދާޅުވީ މި ގިފްޓް ކާޑަކީ ހަދިޔާގެ ގޮތުގައި ނަގުދު ފައިސާ ދިނުމުގެ ބަދަލުގައި ރަހްމަތްތެރިންނާއި ލޯބިވެރިންނަށް ދޭން ވަރަށް ރަނގަޅު ހަދިޔާ އެއް ކަމަށެވެ.
އެ ކާޑުގެ މިއަދު އިފްތިތާހުކުރި "އަހަރެންގެ ބޭންކް" ތީމަކީ ދިވެހިންނާއި އަދި ދިވެހި މުޖްތަމައާ ގުޅުން ބަދަހިކުރަން ބީއެމްއެލް އިން ފަށާފައިވާ ކެމްޕެއިންގެ ތީމެވެ.
މާލޭގެ 18 ތަނަކުން ގިފްޓް ކާޑު ގަންނަ ލިބެން ހުންނާނެ އެވެ. އެއީ:
- ސިވިލް ކޮފީ ސޮސައިޓީ،
- ޖޭޒް ކެފޭ،
- ގިފްޓް ސްޕޮޓް،
- ޓޯޓަލް ފިޓްނެސް ގްރޫޕް،
- ޑިޖާވޫ،
- ފްލޮރެސްޓް،
- ލެ ޕާފިއުމް،
- ލެކިއުޓް،
- އެޑް އޮން ސްޓޯ،
- ސޮނީ ސްޕޯޓްސް،
- ރައުންޑް ވަން ބުކް ޝޮޕް،
- ރާދަ ބުކްޝޮޕް،
- ނޮވެލްޓީ ބުކްޝޮޕް،
- އެސްޓާސް،
- ޗާނދަލިޔާ އޮފީސް ޖަޔަންޓް،
- ޖާނދަލިޔާ ބުކްޝޮޕް،
- ޗާންދަލިޔާ ބުކް ސެންޓަރު،
- ނޮލެޖް ބުކްޝޮޕް،
ގިފްޓް ކާޑުގެ 200ރ. ގެ ކާޑާއި 300ރ. ގެ ކާޑާއި 500ރ. ގެ ކާޑުގެ އިތުރުން 700ރ. އަދި 1000ރ. ގެ ކާޑު ވެސް ލިބެން ހުރެ އެވެ. ޕީއޯސް މެޝިންތައް ބޭނުންކޮށްގެން އެ ކާޑުން ކޮންމެ ވިޔަފާރިއެއް ކުރެވުނަސް އޭޓީއެމްތަކުން ފައިސާއެއް ނުނެގޭނެ އެވެ.
ބީއެމްއެލް އިން މި ގިފްޓް ކާޑު ތައާރަފް ކޮށްފައިވަނީ މިދިޔަ އަހަރު އެވެ.