ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ބޭނުމަށް ރާއްޖެ ގެނައި އުޅަނދުތައް މިއަދު ދައްކާލައިފި އެވެ.

މާލޭގައި ސިނާއީ ސަރަހައްދުގައި މި ވެހިކަލްތައް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ.

މިއަދު ދައްކާލި 30 އުޅަނދުގެ ތެރޭގައި ހިމެނެނީ 20 ޓްރައިސައިކަލާއި 10 ކޮމްޕެކްޓާ ޓްރަކްސް އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ މާލޭގެ ކުނީގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގެ މާލޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް އިންޑިއާގެ ޓަޓުވާ ކުންފުންޏާ ހަވާލުކޮށްގެންވެސް މައްސަލައަށް ހައްލެއް ހޯދިފައި ނުވާ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ މިސަރުކާރުގެ ތިން އަހަރުގެ ތެރޭގައި އެމައްސަލައަށް ވަރަށް ބޮޑު ހައްލެއް ގެނެސްދީފައިވާ ކަމަށެވެ.