ބީއެމްއެލްގެ "ސްޓާފް ޗެރިޓީ ރަން" މެދުވެރިކޮށް ތިން ޖަމިއްޔާއަކަށް ފައިސާގެ އެހީ ދީފި އެވެ.
މުޖުތަމަޢަށް ފައިދާހުރި ހަރަކާތްތައް ހިންގާ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީވުމަށް ބީއެމްއެލްއިން ކޮންމެ އަހަރަކުވެސް ބާއްވާ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" ގައި ފައިސާގެ އެހީ ދީފައި ވަނީ މޯލްޑިވްސް ޑެފް އެސޯސިއޭޝަން އަށާއި، ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއަރޑް ސޮސައިޓީ އަދި މެންޓަލް ހެލްތު އެވެއަރނަސް ފައުންޑޭޝަން އަށެވެ.
އެއިން ކޮންމެ ޖަމިއްޔާއަކަށް 30,000 ރުފިޔާ ވަނީ ބީއެމްއެލް އިން ވަނީ ހަދިޔާކޮށްފައެވެ. މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެޖަމިއްޔާތަކުން ކުރިޔަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރޭވުމަށެވެ.
"އަހަރެންގެ ބޭންކް، ދިވެހިން ބޭންކް" ކެމްޕޭން ހަރަކާތެއްގެ ގޮތުގައި މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ މި ދުވުމުގައި ބީއެމްއެލްގެ 250 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މިއަދު ބީއެމެއެލްގެ ހެޑް އޮފީސް ކުރިމަތިން ހެނދުނު 6:30 ގައި ފެށި މިދުވުން ބައިވެރިން ނިންމާލީ ރަސްފަންނު ސަރަހައްދަށެވެ.