ޑޮލަރު ނެގުމަށް ހާއްސަ ތިން އޭޓީއެމެއް ބީއެމްއެލުން ހުޅުވައިފި އެވެ.

ޑޮލަރު ނެގުމާއި ޖަމާކުރުމަށް ހާއްސަ އޭޓީއެމްތައް ގާއިމް ކޮށްފައިވަނީ ބޮޑުތަކުރުފާނުމަގުގައި އާޓިފިޝަލްބީޗު ސަރަހައްދުގައި ހުންނަ އެބޭންކުގެ އޭޓީއެމް ސެންޓަރުގަ އެވެ.

ޑޮލަރު ނެގުމާއި ޖަމާކުރުމަށް ޚާއްސަ އޭޓީއެމްތައް ހުޅުވައިދެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.

އެތަނުގައި މީގެ ކުރިން ހުރީ ހަމައެކަނި ދިވެހި ފައިސާ ނެގުމާއި ޖަމާކުރެވޭ އޭޓިއެމްތަކެއް ނަމަވެސް މިހާރު މިވަނީ ޑޮލަރު ނެގުމާއި ޖަމާކުރުމަށް ހާއްސަ ދެ އޭޓީއެމް އަކާއި ޑޮލަރު ނެގުމަށް ހާއްސަ އޭޓީއެމަކާ ދިވެހި ފައިސާނެގުމާއި ޖަމާކުރުމަށް ތިން އޭޓީއެމް އެއް އެ ގާއިމްކޮށްފަ އެވެ.

ބީއެމްއެލްއިންބުނީ އާންމުންގެ ގިނަ ބަޔަކު ޑޮލަރުގެންގުޅޭކަމަށާ ރާއްޖޭގައި ވެސް ގިނަ ބަޔަކަށް ޑޮލަރުން މުސާރަ ލިބޭއިރު އެފަދަ ފަރާތްތަކަށް ބީއެމްއެލްގެ ބްރާންޗުތަކަށް ނުގޮސް، އޭޓީއެމް އިން ފައިސާ ޖަމާ ކުރުމާއި ނެގޭނޭ ގޮތް ވުމަކީ އެ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.