ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކުރިއަށް ގެންދާ އަހަރެންގެ ބޭންކް ކެމްޕޭންގެ ދަށުން ރާއްޖޭގެ އެންމެ ކުޑަ އެއް ލީސިން ރޭޓާއެކު ލިބޭނެ ބީއެމްއެލް އިސްލާމިކްގެ ފުރަތަމަ ފައިނޭންސިން ޕްރޮޑަކްޓްތައް މިއަދު ތައާރަފްކޮށްފި އެވެ.
ބީއެމްއެލް އިސްލާމިކް ހޯމް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ފައިނޭންސިން ޕްރޮޑަކްޓް ތައާރަފްކޮށްފައިވަނީ މާލޭގައި ހުންނަ ބީއެމްއެލް އިސްލާމިކް ހެޑްކުއާޓާޒްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ބީއެމްއެލް އިން ބުނީ ގެދޮރުގެ މަޝްރޫއުތަކަށް ރާއްޖޭގައި ބޮޑު ޑިމާންޑެއް އޮތުމާއެކު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ އާއިލާތަކާއި އަމިއްލަ ފަރުދުންނަށް ބީއެމްއެލް އިސްލާމިކްއާ ބައިވެރިވެގެން ގެދޮރު އިމާރާތްކުރުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. އިސްލާމިކް ފައިނޭންސަށް އެދޭ ފޯމު މިއަދުން ފެށިގެން އެމްޕީއެލް ސަރަހައްދުގައި ހުންނަ ބީއެމްއެލް އިސްލާމިކް ހެޑްކުއާޓާޒްއިންނާ އަތޮޅުތަކުގައި ހުރި ބޭންކް ބްރާންޗްތަކުން ބަލައިގަންނާނެ ކަމަށްވެސް ބުނެ އެވެ.