ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 32 ވަނަ ބްރާންޗް ހއ. ހޯރަފުށީގައި މިއަދު ހުޅުވައިފި އެވެ.
ހޯރަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިބްރާންޗް ހުޅުވައިދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އާއި ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އެވެ.
ބީއެމްއެލް އިން ހޯރަފުށީގައި ބޭންކުގެ ބްރާންޗެއް ހުޅުވީ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ވެސް ލިބޭ ގޮތަށެވެ. މީގެއިތުރުން ތިން މުވައްޒަފުންނާއެކު ހިދުމަތްދޭ މި ބްރާންޗުން އާންމުކޮށް ބޭނުންވާނެ މުހިއްމު ހިދުމަތްތައް ވެސް ލިބެން ހުރެ އެވެ.