މީޑިޔާނެޓުން އެންޑްޓީވީ އެޗްޑީ ޗެނަލް ތައާރަފުކޮށްފި އެވެ.

މީޑިޔާ ނެޓްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޗެނަލް ތައާރަފުކުރުމަށްފަހު މީޑިޔާއަށް މައުލޫމާތުދެމުން މީޑިޔާ ނެޓުން ބުނީ، މި ޗެނަލް އަކީ ޒީ ނެޓްވޯކްގެ މުޅިން އައު އެޗްޑީ ޗެނަލް އެއް ކަމަށެވެ. އަދި މިޑިޔާނެޓްގެ ކަސްޓަމަރުންނަށް ދޫކުރި މި ޗެނަލްއާއި އެކު މިހާރުވެސް 60 އަށްވުރެ ގިނަ އެޗްޑީ ޗެނަލް މިޑިޔާނެޓުގެ ޒަރީއާއިން ފޯރުކޮށްދެމުންދާކަމަށެވެ.

މި ޗެނަލް މިއަދުން ފެށިގެން 15 ދުވަސް ވަންދެން މިޗެނަލް ހިލޭ ކަސްޓަމަރުންނަށް ބަލައިލެވޭނެކަމަށް މީޑިޔާނެޓުން ވަނީ ބުނެފައެވެ.

އަލަށް ދޫކުރި މިޗެނަލް އިން ތަފާތު ހިންދީ ޑްރާމާ ތަކާއި، ސަވްދާން އިންޑިޔާ އަދި ކްރައިމް ޕެޓްރޯލްގެ އިތުރަށް ދަ ވޮއިސް އިންޑިޔާ މިސީޒަންވެސް މި ނެޗަލްއިން ފެނިގެންދާނެ ކަމަށް މީޑިޔާނެޓުން ވަނީ ބުނެފަ އެވެ.

މިޑިޔާނެޓުން ބުނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމައަށް ވީހާވެސް ހެޔޮއަގުގައި ތަފާތު ޗެނަލްތައް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ މީޑިޔާ ނެޓްގެ އެންމެބޮޑު އަމާޒު ކަމަށެވެ.