އޭނާ ފެންނާނީ އަބަދުވެސް މަޑުމައިތިރި ބަސް މަދު މީހެއްގެ ގޮތުގަ އެވެ. ނަމަވެސް އޭނާއާ ވާހަކަ ދައްކާލުމުން ހިތްހެޔޮކަމާއި ރަހްމަތްތެރިކަން ފެނިގެންދެ އެވެ. އެއީ އެެއް އިރެއްގައި ފުޓްބޯޅަ ކުޅެ އަދި މިއަދު ކުޅިވަރުގެ ދާއިރާގައި ހުނަރުވެރި ހިންގުންތެރިއެކެވެ. ކުޅިވަރަށް، ހާއްސަކޮށް ފުޓްބޯޅައަށް އޭނާގެ ހާއްސަ ލޯތްބެއް އަބަދުވެސް އޮވެ އެވެ. އޭނާގެ މިހާރުގެ މައިގަނޑު މަސައްކަތަކީ ދިވެހިން ޝައުގުވެރިވާ ގޮތަށް ކައްކާފައި ކާން ދިނުމެވެ. ފޮޓޯ ނެގުމަކީ އޭނާގެ ހާއްސަ ހޮބީ އެކެވެ.

މިއީ މިއަދުގެ މެހްމާން ގ. ފްރީފާކް، އިބްރާހީމް އާމިރުގެ ތައާރަފެކެވެ. އިބްރާހީމް އާމިރު ނުވަތަ ގިނަ ބަޔަކު ދަންނަ ނަމުންނަމަ ސަލްސާ އާމިރަކީ އެއްބަނޑުއެއްބަފާ އަށް ކުދިން ތިބި އާއިލާއެއްގެ ފަސްވަނަ އެވެ. އާއިލާ ކިތަންމެ ބޮޑު ނަމަވެސް އާމިރުގެ އާއިލާއަކީ އެކުވެރިކަމާ އާއިލީވަންތަ ކަމުގެ މިސާލެކެވެ. ދެވަނަ ކައިވެއްޏެއްގައި ކުރިއަށްދާ އުމުރުން 46 އަހަރުގެ އާމިރަކީ ފިރިހެން ކުއްޖެއްގެ ބައްޕަ އެކެވެ.