ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޒައާމަތުގައި އިއުލާންކުރެއްވި އިސްލާހީ އެޖެންޑާގެ ދަށުން ގައުމަށް ގެނައި އިސްލާހީ ބަދަލުތައް ކުރިއާ އެއްގޮތަށް ބަދަލުކުރަމުންދާ ކަމަށް ވިދާޅުވެ ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާ ދިވެހި ރައްޔިތުންނާ ހިއްސާކުރެއްްވީ އެމަނިކުފާނުގެ ޒައާމަތުގައި 2004 ވަނަ އަހަރުގެ ޖޫން މަހުގެ ނުވަވަނަ ދުވަހު އެވެ.

އިއްޔެއަކީ ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާއަށް 13 އަހަރު ފުރުނު ދުވަސް ކަމަށްވާތީ ރައީސް މައުމޫން ކުރެއްވި ޓްވީޓްތަކެއްގައި ވަނީ އެކަން ފާހަަގަކުރައްވާފަ އެވެ.