ރާއްޖޭގެ ގިނަ ރަށްތަކެއްގެ ބިން ހިއްކައި ބޮޑު ކުރެވެމުންދާއިރު ކ. ކާށިދޫގެ ފަޅު ހިއްކައި ބިން ބޮޑުވުމަކީ އެރަށުގެ ރައްޔިތުން އެދޭ ކަމެކެވެ.

ކާށިދޫ ކަނޑުގެ މެދުގައި އެކަހެރިކޮށް އޮތް ކާށިދޫ އަކީ ބޮޑު ފަޅެއް އޮތް އަދި ދިވެހިރާއްޖޭގެ މާރަށްތަކުގެ ތެރެއިން ރަށެކެވެ.

މާލޭގެ ލޯކަލް މާރުކޭޓަށް ގެނެވޭ ކާއްޓާއި ކުރުނބަޔާއި ފަތްކޭލާއި އަދި ދަނޑުވެރިކަމުގެ އެނޫންވެސް ގިނަ އުފެއްދުންތައް ހިއްސާކުރާ އެއް ރަށަކީ ކ ކާށިދޫ އެވެ. ޒަމާނުއްސުރެ ކާށިދޫ އަކީ ދަނޑުވެރި ރަށެކެވެ. އެރަށުގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ދަނޑުތަކުގައި ހައްދައިގެން ދިރިއުޅުނު ޒަމާނަަށްފަހު، ވިޔަފާރީގެ ގޮތުން ދަނޑުވެރިކަމުގެ މަސައްކަތް ކުރެވެން ފެށުމުން ރަށުގެ ބިމުން ބޮޑު ބައެއް ހާއްސަ ކުރެވިފައި ވަނީ ދަނޑުވެރި ކަމަށެވެ.