މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެމިލިއަނަށްވުރެ ގިނަ މުސްލިމުން މިހާރުވަނީ މާތްވެގެންވާ މައްކާގެ ބިމަށް ޖަމާވެފައެވެ.

ދުނިޔޭގެ ހަތަރުބިތުން މައްކާއަށް ޖަމާވެފައިވާ މުސްލިމުން މިހާރު ތައްޔާރުވަމުންދަނީ ހައްޖުގެ ރުކުންތައް ފުރިހަމަ ކުރުމަށެވެ. ހައްޖުވެރިންނާއިގެން މައްކާގައި ހުންނަ މުސްލިމުންގެ އެންމެ މުޤައްދަސް ބިނާކަމުގައިވާ މަސްޖިދުލް ޙަރަމް ފެންނަނީ ހުދުކުލައިގެ ސާލެއް ލެވިފައިވާތަނެވެ. އަރަފާތު ބިމަށް ދިއުމުގެކުރިން ހުރިހާ ހައްޖުވެރިންވަނީ ކަޢުބަތުﷲ ގެފުޅު ވަށައިގެން ޠަވާފް ކުރަމުން ގެންދެއެވެ.

ހައްޖުގެ އެންމެ މުހިއްމު ފަރުޟު ކަމުގައިވާ އަރަފާތު ދުވަހު އަރަފާތު ބިމުގައި ހައްޖުވެރިން މުޅިދުވަސް ހޭދަކުރާނީ ޤުރުއާން ކިޔެވުމާއި އަޅުކަމުގައެވެ. އަދި އޭގެފަހުން ހައްޖުވެރިންދާނީ މުޒްދަލިފާއަށެވެ. މުޒްދަލިފާގައި ރޭ ކުރުމަށްފަހު ހައްޖުވެރިން އެނބުރި މިނާއަށްގޮސް ތިން ޖަމްރާއަށް ހިލައުކަން ފަށާނީ އީދު ދުވަހުއެވެ. ޖަމްރާއަށް ހިލައުކުން ތިންދުވަހަށް ދެމިގެންދާނެއެވެ.