މިހާރު ބޭނުން ކުރަމުންދާ ޓާފް ދަނޑުތަކާއި އިންވެގެން ސްޓޭޑިއަމް ސަރަހައްދުގައި އޮތް ވެލި ދެ ދަނޑުގައި ބޮޑު ޓާފް ދަނޑަކާއި ވައިޑީޕީ ޕްރޮގްރާމްތަކަށް ހާއްސަކޮށެގެން މިނީ ދަނޑުތަކެއްގެ އިތުުރުން ކަޅުތުއްކަލާ ކޮއްޓާއި ދިމާލުން ސްޓޭޑިއަމް ސަރަހައްދުގައި އެފްއޭއެމްގެ ބޮޑު އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށާއި އެ އިމާރާތައް އެފްއޭއެމްގެ މަސައްކަތްތައް ބަދަލު ވެގެންދާނެ ކަމަށް އެ އިދާރާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ނުވަހާސް އަކަފޫޓްގެ ބިމެއްގައި އިމާރާތް ކުރާ އާ އިމާރާތް ވެގެންދާނީ އަތޮޅުތެރެއިން މާލެ އަންނަ ޓީމުތަކަށް އެކޮމަޑޭޝަން ހަމަޖެހި އަދި މިހާރު އެފްއޭއެމްގައި ނެތް އެތައް ޚިދުމަތެއް ލިބިގެންދާނެ އިމާރާތަކަށް ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު އެފްއޭއެމްގެ ރައީސް ކަމާއި ހަވާލުވި ބައްސާމް ވިދާޅުވިއެވެ.

އަލަށް އިމާރާތް ކުރާ އެފްއޭއެމްގެ ހައުސް އިމާރާތަކީ ފުޓްބޯޅަށް ބޮޑު ބަދަލެއް ގެންނާނެ އެތައް ވަސީލަތެއް ގާއިމް ކުރެވޭނެ އިމާރާތެއް ކަމަށާއި އޭގެ ތެރޭގައި އަތޮޅު ތެރެއިން ފެންނަ ހުނަރުވެރި ޒުވާން ކުޅުންތެރިން މާލެ ގެނެސް އެ ކުޅުންތެރިންނަށް ދިރި އުޅެވޭނެ ވަސީލް ގާއިމް ކުރުމުގެ އިތުރުން އެއް ފަހަރާ ދެ ޓީމަށް އެއްވެސް ދައްޗެއް ނެތި ކޭޕް ކުރުމުގެ ފުރުސަތު މި އިމާރާތުން ލިބިގެންދާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ފީފާ ގަބޫލު ކުރާ ފެންވަރުގެ ރިހިބިލިޓޭޝަން ސެންޓަރަކާއި މެޑިކަލް ސެންޓަރެއްގެ އިތުރުން ފެންވަރު ރަނގަޅު ޖިމް އަކާއި ކެފެޓީރިއާއެއްގެ އިތުރުން ސްޕޯޓްސް ސޮޕެއް އާ އިމާރާތުގައި ހުންނާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

"އެކި ކްލާސް ރޫމްތަކާއި އެކު ވަރަށް ފުރިހަމަ އިމާރާތަކަށް އާ އިމާރާތް ވެގެންދާނީ. އަޅުގަނޑުމެން ބޭނުން ވަނީ ވައިޑީޕީ ޕްރޮގްރާމް ދަނޑުގަޔާއި ދަނޑުން ބޭރުގައި ވެސް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުން. މި އިމާރާތް ނިމޭއިރު މުޅި ފުޓްބޯޅައަށް ބޮޑު ބަދަލެއް ފެނިގެންދާނެ" ފުޓްބޯޅައިގަ ގިނަ ޚިދުމަތްތަކެއްކޮށްފައިވާ ޒުވާން ރައީސް ވިދާޅުވިއެވެ.

ފީފާގެ ގޯލް ޕްރޮޖެކްޓްގެ ތެރެއިން ކުރިޔަށްގެންދާ މި ޕްރޮޖެކްޓްގެ ތެރެއިން ސްޓޭޑިއަމްގައި އިތުރު ޓާފް ދަނޑެއް އެޅިގެންދާނެ ކަމަށާއި އެ ދަނޑުގެ މަސައްކަތް އޮކްޓޯބަރު މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ.

ފީފާގެ އެހީގެ ދަށުން މާލޭގައި ޓާފް ދެ ދަނޑު އަދި ސ. ހިތަދޫގައި ވަނީ ޓާފް ދަނޑެއް އަޅައިފަ އެވެ. މީގެ އިތުރުން އެފްއޭއެމްގެ މިހާރުގެ އިމާރާތަކީ ވެސް ފީފާގެ އެހީގެ ދަށުން އިމާރާތް ކުރެވިފައިވާ އިމާރާތެކެވެ.

އެފްއޭއެމްއަށް އަލަށް ލިބޭ އިމާރާތާއެކު މިހާރު ބޭނުން ކުރަމުންދާ އިމާރާތް މި ހިނގާ ދައުރުގައި އުސް ބިނާއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވީޓީވީގެ ސްޕޯޓްސް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވިއެވެ.މިހާރ