ނަފްސާނީ ބަލިމަޑުކަމާއި ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވެފައިވާ މީހުންނަށް ހިތްވަރުދީ އެކަމުން އަރައިގަތުމާއި ގުޅޭ ގޮތުން ބޮލީވުޑްގެ ބަތަލާ ދީޕިކާ ފަދްކޯން ސޯޝަލް މީޑިއާގައި ވަރަށް ވަރުގަދަ މެސެޖެއް ދީފިއެވެ.

ޑިޕްރެޝަނާ ކުރިމަތިލައި އެކަމުން އަރައިގަތުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ދީޕީކާ މިފަހަރު ޑިޕްރެޝަނާއި ގުޅޭ ގޮތުން މެސެޖެއް އާންމު ކުރީ މަޝްހޫރު އަތް ދަބަސް ޑިޒައިނަރެއް ކަމަށްވާ ކޭޓް ސްޕޭޑް އާއި ކައްކާ ޝޯތައް ހޯސްޓްކުރި ސީއެންއެންގެ މަގްބޫލު ޓީވީ ޕްރެޒެންޓަރު އެންތޮނީ ބޯޑެއިން އަމިއްލައަށް މަރުވި ހަބަރާއި ގުޅުވައިގެންނެވެ.

އެންތޮނީ ބޯޑެއިން އާއި ކޭޓް ސްޕޭޑް ވެސް އަމިއްލައަށް މަރުވި ހަބަރަކީ މިމަހުގެ ކުރީ ކޮޅު އެ ދެ މީހުންނަށް ތާއީދު ކުރާ ގިނަ ބަޔަކާއި ފެޝަނަށް ލޯބި ކުރާ އަދި މީޑިއާގައި މަސައްކަތް ކުރާ މީހުންނަށް ކުއްލި ސިހުމެއް ގެނުވި ހިތާމަވެރި ހަބަރެކެވެ. އެ ދެ މީހުން މަރުވީ އަމިއްލައަށް ކަމާއިމެދު އަދިވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.