އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އަމިއްލަ ފަރާތަކުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްދިނުމަށް އެދި ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރިން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ބުނެފައިވަނީ މި ހުށައެޅުމާއިމެދު އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ހަފްތާގެ ތެރޭގައި ގޮތްތަކެއް ނިންމާނެކަމަށެވެ.