ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި މަޝްހޫރު ޓީވީ ޕްރެޒެންޓަރ އާމިނަތު މައުރީނާ އާއި ކައިވެނިކޮށްފި އެވެ.

މީގެކުރިން ބައްސާމާއި މައުރީން އާއި ގުޅުމެއް އޮތްވާހަކަ ސޯޝަލް މީޑިއާގައި ދިޔައީ ދައުރުވަމުންނެވެ. މައުރީނާ ވަނީ އެފްއޭއެމުގެ އިސް މަގާމެއްވެސް އަދާކޮށްފައެވެ.

ހަބަރު ލިބޭގޮތުގައި ކައިވެނި ހަފުލާ ބާއްވާފައިވަނީ ޖުމެއިރާ ވިޓަވެލި ރިސޯޓުގައެވެ.

މިއީ ބައްސާމްގެ ދެވަނަ ކައިވެންޏެވެ. އޭނާ ވަނީ މީގެކުރިން ކައިވެންޏެއްކޮށް ދަރިއެއްވެސް ލިބިފައެވެ. ނަމަވެސް މިއީ މައުރީނާގެ އަލަތު ކައިވެންޏެވެ.

ބައްސާމާއި މައުރީނާ ކައިވެނިކޮށްފައިވަނީ ލޯބީގެގޮތުން ގިނަދުވަހު އެއްކޮށް އުޅުމަށްފަހުގައެވެ.