ގަދީމީ ހަޟާރަތެއްގެ ނިޝާންތައް މެކްސިކޯއިން ފެނިއްޖެ އެވެ.

މީގެ 7،000 އަހަރު ކުރީގެ މިނިކަށިތަކެއް ފެނިފައިވާއިރު، މިތާރީޚަކީ އިންސާނުން ޝިކާރަކުރުމާއި އެއްޗެހި ހޮވައިގެން އުޅޭ ދިރިއުޅުމަކުން އެއްތަނެއްގައި ވަޒަންވެރިވެގެން ދިރިއުޅޭ އުޅުމަކަށް ބަދަލުވި ދުވަސްވަރުގެ ތާރީޚެކެވެ. ދެކުނު މެކްސިކޯގެ ޓަބަސްކޯ ސްޓޭޓްގެ ޓަކޯޓަލްޕާ މުނިސިޕަލްޓީގެ ޕުޔިލް ހޮހޮޅައިން ހޯދާފައިވަނީ މާޔާ ހަޟާރަތުގެ ތިން މިނިކަށިގަނޑު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ތިން މިނިކަށިގަނޑުން އެއް ކަށިގަނޑަކީ 7،000 އަހަރު ކުރީގެ ކަށިގަނޑެއް ނަމަވެސް، އަނެއް ދެ ކަށިގަނޑަކީ މީގެ 4،000 އަހަރު ކުރީގެ ކަށިގަނޑުތަކެކެވެ. މިހާރު މިކަށިތައް ހުރީ މެކްސިކޯ ސިޓީގައި ދައްކާލުމަށް ބަހައްޓާފަ އެވެ.

"އަޅުގަނޑުމެންނަށް ދިރާސާއިން ހާމަވަނީ 7،000 އަހަރު ކުރިއޭ. މިއީ ޝިކާރަކުރުމުން އެއަށް ވުރެ މަޑުމައިތިރި ދިރިއުޅުމަކަށް ބަދަލުވި އިރު. މި ދުވަސްވަރު މި ހޮހޮޅަތައް ބޭނުންކުރި ބައިވަރު ތަފާތު ގުރޫޕުތަކުގެ މީހުން. މިއީ މީހުން ދިރިއުޅުމަށް ހަދާފައިވާ ހޮހޮޅަތަކެއް ނޫން. އެވޭލާ ޒަމާނުގައި މި ހޮހޮޅަތައް ބޭނުންކުރެވިފައިވާނީ އަޅުކަންތަކަށާއި މަރުވާ މީހުންގެ ހަށިގަނޑުތައްލައި ސަހަރާއެއްގެ ގޮތުގައި. މާޔާ މީހުންނަށް މިހޮހޮޅައަކީ އެމީހުންގެ ކާބަފައިންގެ ހޮހޮޅައެއް. މި ހޮހޮޅަ ބޭނުންކޮށްފައި މިވަނީ މާޔާއިން. އެމީހުން އެތާނގައި ކުރިން ހުރި ގަބުރުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ އިތުރުން އެމީހުންގެ ގާތްތިމާގެ މީހުންގެ ގަބުރު އެތާނގައި ބާއްވާ" އާކިއޮލޮޖިސްޓެއް ކަމަށްވާ އަލްބާޓޯ މާޓޮސް ބުންޏެވެ.