ޅ. އަތޮޅު މަދަރުސާގެ ލީޑީން ޓީޗަރ މުހައްމަދު ޝާހިން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރުމާއި ގުޅިގެން އެކަމާ ހިތް ހަމަނުޖެހުން ފާޅުކޮށް ބެލެނިވެރިން ނިކުމެ ސުކޫލް ދޮރުމަތީގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

މިއަދު މެންދުރުއްސުރެ ސުކޫލް ދޮރުމަތީގައި މުޒާހަރާކުރި ބެލެނިވެރިން ބުނަމުން ދަނީ ސިޔާސީ ބޭނުމަށް ވަޒީފާގެ ބިރު ނުދެއްކުމަށާއި ސިޔާސީ ބޭނުމަށް ދަރިންގެ ތައުލީމާ ނުކުޅުމަށެވެ. އަދި ޝާހިންނަކީ އެތައް ދަރިވަރުންގެ ލޯބި ލިބިފައިވާ އަހުލާގް ރަނގަޅު، މޮޅު ޓީޗަރެއް ކަމަށް ވެސް ބެލެނިވެރިން ދަނީ ބުނަމުންނެވެ.

ވީނިއުސްއަށް އިނގިފައިވާ ގޮތުގައި ޝާހިން ވަޒީފާއިން ވަކިކުރި ޗިޓް އޭނާއަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވާފައި ވަނީ މިއަދުގެ ވަގުތެއް ގައެވެ.

ޅ. އަތޮޅު މަދަރުސާގެ ގްރޭޑް 10 ގެ އިކޮނަމިކްސް ޓީޗަރު، ޝާހިން އެސުކޫލްގައި މަސައްކަތް ކުރާތާ ހަތް އަހަރު ވެއްޖެއެވެ.