އިންޑިއާއިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް ފުރިހަމަ ގޮތުގައި ބޭނުންކުރަން މި ސަރުކާރަށް ނޭންގުނުކަމަށް އެމްއެންޑީއެފްގެ މެޑިކަން ޑޮކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި ޑރ ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ހެލްތު ކޮމެޓީގެ ޗެއާގެ މަގާމުގައިވެސް ހުންނެވި ޑރ ޝާހް މިހެން ވިދާޅުވީ ރާއްޖޭގެ ވަސީލަތްތައް މިހާރު ކުރިއަރާފައިވާ މިންވަރަށް ބަލާއިރު އިންޑިޔާގެ ހެލިކޮޕްޓަރުތަކުގެ ބޭނުމެއް މިހާރު ނެތް ކަމަށް ވިދާޅުވެ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

ޑރ ޝާހު މާހިރު ވިދާޅުވީ އިންޑިއާއިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް ފުރިހަމަ ގޮތުގައި ބޭނުންކުރަން މި ސަރުކާރަށް ނޭންގުނުކަމަށެވެ.

ރޭގަނޑު ދިމާވީ ކުއްލި ހާލަތްތަކުގައި، އަދި މެޑިކަލް ރެސްކިއު އޮޕަރޭޝަންތަކަށް ހެލްކޮޕްޓަރު އަދިވެސް މާ ބޭނުންތެރިކަން ބޮޑުވެފައި މުހިންމުކަމަށް ޑރ ޝާހު ވިދާޅުވިއެވެ.