އެތައް މިލިއަން ޑޮލަރެއް ހަރަދުކުރުމަށްފަހު އަތޮޅުތަކުގެ ރައްރަށުން ބިންހިއްކުމަށްފަހުވެސް، ރައްޔިތުންނަށް ގޯތި ދޫނުކޮށް ލަސްވަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށް، އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް ނަސީމް މިހެން ވިދާޅުވީ، ފ. އަދި ދ އަތޮޅަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅު ނިންމާލުމަށްފަހު މާލެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނެވެ.

ފައިސަލް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ޝަކުވާ ރައްރަށުންވެސް ލިބެމުންދިއަ ކަމަށާއި، އަދި ޚާއްސަކޮށް ބައެއް ރަށްރަށުން ބިން ހިއްކުމަށްފަހު އެބިންތަކާއި އަޅާނުލާ އަދި ގޯތި ދޫނުކޮށް އޮންކަމުގެ ޝަކުވާ ރައްޔިތުން ކުރިކަމަށެވެ. ފައިސަލް ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި، އިސްރާފު ކުޑަކޮށް ބޯހިޔާވަހިކަމަށް އިސްކަންދެއްވާނެ ކަމަށެވެ.

މީގެ އިތުރަށް ސުކޫލް މަދަރުސާތެރެ ސިޔާސީކޮށް، ޓީޗަރުންނަށް ފިއްތުންތައް ކުރިމަތިކުރުމުގެ ޝަކުވާވެސް ރައްޔިތުންކުރިކަމަށް ފައިސަލް ވިދާޅުވި އެވެ. މީގެ އިތުރަށް ރަށްރަށުގެ ފެން ތަޤައްޔަރު ވުމާއި، ނަރުދަމާގެ މައްސަލަތައްވެސް ރައްޔިތުން ފާހަގަކުރާކަމަށް ފައިސަލް ވިދާޅުވި އެވެ. ޙާއްސަކޮށް މަސްވެރިން ދ. އަދި ފ އަތޮޅުގައިވެސް ގިނަ އިރު، މަސްވެރިނަށް އެކަށީގެންވާ އާމްދަނީ ނުލިބޭ މައްސަލައަކީ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެއްކަމަށް ފައިސަލް ވިދާޅުވި އެވެ.

މީގެ އިތުރަށް ފ. އަދި ދ. އަތޮޅަށް ބަލާލިނަމަވެސް އެ ދެއަތޮޅުގެ ފަޅުރައްތައްްވެސް އެރައްޔިތުންނަށް އެއިން މަންފާއެއް ނުލިބޭނެހެން އެކިއެކި ފަރާތްތަކަށް ދޫކޮށްލާފައި އޮތްކަމީވެސް ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެއްކަމަށެވެ.

ފައިސަލް ވިދާޅުވީ އިންތިޚާދުގެ ސަރުކާރެއްގައި ޤާނޫނު ތަންދޭ އެންމެ މަތީ ދަރަޖައަކަށް ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަންދޭނެ ކަމަށެވެ. އަދި އިއްތިހާދެއްގެ ސަރުކާރެއްގައި އިސްރާފު ކުޑަކޮށް، ރައްޔިތުން ބޭނުންވާ ކަންކަމަށް އިސްކަންދީގެ ރާއްޖެ ތަރަށްޤީކުރައްވާނެ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.