ބޮލީވުޑްގައި ރިލީޒް ކުރި ހިންދީ ފިލްމް "މުލްކް" އަކީ މުސްލިމުންނާއި ދޭތެރޭގައި އޮންނަ ރުޅިވެރިކަމާއި މުސްލިމުންނާމެދު ބޯދާ އަޤީދާތަކުގެ މީހުން ދެކޭ ގޮތުގެ ހާގީގީ ހާދިސާތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސިޔާސީ ފިލްމެކެވެ.

ތިނެއް އޯގަސްޓްގައި ރިލީޒްކުރި މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާގައި މުސްލިމު އާބާދީ އާއި މެދު އުފެދިފައިވާ ނަފްރަތާއި ފުރައްސާރައާއި ޓެރަރިޒަމާއި މުސްލިމުންނާ ގުޅުވާފައިވާ މިންވަރެވެ. މިއީ ސޯޝަލް ތްރިލާއެކެވެ.

"މުލްކް" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ މުހިންމު ތަރިންނަކީ ރިޝީ ކަޕޫރާއި ރަޖަތު ކަޕޫރާއި ތާޕްސީ ޕަންނޫއާއި ނީނާ ގުޕްތާއާއި، ޕްރަތީކް ބައްބަރު އަދި މަނޫޖް ޕަހްވާ އެވެ. އިންޑިއާގެ މުޖުތަމައުތަކުން ވަކި ކޮޅަކަށް ޖެހިފައިވާ މިންވަރާއި، ތަފާތު ދީންތަކުގެ ސަބަބުން މުޖުތަމައުގައި ރެނދުލާފައިވާ މިންވަރު އަދި އޭގެ ނުރައްކާ ފިލްމުން ދައްކުވައިދެއެވެ. މިއީ 2 ގަޑި އިރާ 20 މިނިޓް ވަންދެންވެސް މި ފިލްމު ބަލާލަން ޖެހުނަސް ފޫހިކަމެއް ނެތި ބަލާލެވޭނެ ފަދަ މޮޅު ފިލްމެކެވެ. ނުބަލާ ދޫކޮށްލާ ވަރަވުރެ މުހިންމު ސީރިއަސް މައްސަލައެއް ބުނެދޭ ފިލްމެކެވެ.

އިންޑިއާގައި ހިންދޫއިން ބަލައިގަން ކަންކަމަށްވާތީ މުސްލިމުން އެކަމެއް ބަލައި ނުގަތުމާއި، މުސްލިމުން ބަލައިގަންނަ ކަމަކަށްވާތީ ހިންދޫން އެކަމާ ދެކޮޅު ހަދާ މިންވަރުވެސް ފިލްމުން ދައްކުވައިދީފައިވެ އެވެ.