އއ. މަތިވެރީ ޔޫނިއަން ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެންވާ ބާއްވާ ޔޫއެސްސީ 14 ވަނަ ފުޓްސަލް މުބާރާތުގައި މިއަހަރު ވާދަކުރަނީ 7 ޓީމްކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ޔޫއެސްސީ 14 ވަނަ ފުޓްސަލް މުބާރާތުގައި ވާދަކުރާ 7 ޓީމުގެ މެދުގައި ގުރުއަތުނަގާ މިހާރު ވަނީ ދެ ގުރޫޕަކަށް ބަހާލާފައެވެ.

ކޮންމެ އަހަރެއްގެވެސް އަލްޙާ އީދާއި ދިމާކޮށް އެ ޖަމިއްޔާއިން މީގެ 14 އަހަރުކުރިން ފެށިގެން ބާއްވަމުންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލާފައިވާއިރު، މި އަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމްތަކަކީ މާރންސް، އަނބަރު، ރޯޔަލް ނައިޓްސް، މާރލިން، ޑައިނަމިކް، ވީ އެޗު އެފްޓީ އަދި އާރު. ބީ. ޖީއެވެ.

މިއަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން އާރު. ބީ. ޖީއަކީ ބޮޑުފޮޅަދޫއަށް ނިސްބަތްވާ ޓީމެކެވެ. އަނެއް 6 ޓީމަކީ މަތިވެރީ ޓީމްތަކެވެ.