ވީޑިއޯ ގޭމު ކުޅުމުން ކުދިންގެ ސިކުނޑިއަށް ބަދަލުއަންނަ ކަމަށާއި، މެދު މަދަރުސީ އުމުރުގެ ދަރިވަރުން އަނެކުންގެ އިހްސާސްތައް ދެނެގަނެ ހަމްދަރްދީވާ މިންވަރު އިތުރުވާ ކަމަށް ފަހުގެ ތަހްލީލަކުން ދައްކައިފިއެވެ.

މި ތަހްލީލުގެ ހޯދުންތަކުގެ އަލީގައި ވީޑިއޯ ގޭމުން ސިކުޑިއަށް ބަދަލުތަކެއް ގެނުވާ ކަމަށާއި އެހެންމީހުނާއިމެދު ހަމްދަރްދީވާ މިންވަރު އިތުރުވާކަމަށް ބުނެފައިވަނީ އެމެރިކާގެ ޔުނިވަސިޓީ އޮފް ވިސްކޮންސިން މަޑިސަންގައި ކުރި ދިރާސާއެއްގައެވެ.

މި ތަހްލީލް ކުރުމަށްޓަކައި، ދިރާސާކާރުން ވަނީ ސްޕޭސް އެކްސްޕްލޯރ ކުރާ ރޮބަޓެއް ދުރުގައިވާ ޕްލެނެޓަކާއި ކްރޭޝްވެ ހިނގާ ހާދިސާތަކެއް ދައްކުވައިދޭ ވަރަށް ހިތްގައިމު ސިނޭރިއޯ އަކަށް ވީޑިއޯ ގޭމެއް ތައްޔާރު ކޮށްފައެވެ. އަދި އެ މެދު މަދަރުސީ ދަރިވަރުންނަށް ހާއްސަކޮށް އެ ދަރިވަރުން ލައްވާ ގޭމް ކުޅުވިއެވެ.

ގޭމް ކުޅުވައިގެން އެކުދިންގެ ވިސްނުމަށް ބަދަލެއް އާދޭތޯ ބެލުމަށް ހެދި މި ދިރާސާގައި ބަލާފައިވަނީ ވީޑިއޯ ގޭމުގެ ސަބަބުން ކުދިންނަށް، އެހެންމީހުންގެ އިހްސާސްތަށް ދެނެގަނެ ހަމްދަރްދީވާ މިންވަރު ދެނެގަތުމަށެވެ. އަދި މިފަދަ އާދައެއް ދަސްވުމުގެ ސަބަބުން ކުދިންގެ ސިނކުޑީގެ ނިއުޓްރަލް ގުޅުންތަކަށް ބަދަލު އާދޭތޯއެވެ.

ސްޕޭސް އެކްޕްލޯރިން ރޮބޮޓެއް ޕްލެނަޓަކާއި ކްރޭޝްވުމުގެ ސަބަބުން ރޮބަޓްގެ ސްޕޭޝްޝިޕް ހަލާކުވެއެވެ. ސްޕޭސްޝިޕް ހަލާކުވުމުގެ ސަބަބުން އެ ޕްލެނެޓްގައިވާ އޭލިއަންތަކަކާއި އެކު އެކުވެރިކަމުގެ ގުޅުންތަކެއް އުފައްދަން ޖެހެއެވެ.

އެއީ އެކަކު އަނެކަކުގެ އިހްސާސްތަކާއި ހިޔާލުތައް ދެނެގަންނަށް ޖެހޭފަދަ އެކުވެރިކަމެކެވެ. މި އޭލިއަންތަށް ވާހަކަ ދައްކަނީ ތަފާތު ބަސްބަހުންނެވެ. އެހެންނަމަވެސް ހުރިހާ އޭލިއަންތަކެއް އެކަތި އަނެއްކައްޗާއި މުއާމަލާތް ކުރުމުގައި ގެންގުޅޭ މޫނުގެ ހަރަކާތްތަކަކީ އިންސާނުންގެ ފޭޝަލް އެކްސްޕްރެޝަނާއި ދާދި އެއްގޮތް ސިފަތަކެކެވެ.

ވީޑިއޯ ގޭމު ކުޅޭ ކުދިންގެ އެހެންމީހުންގެ އިހްސާސްތައް ދެނެގަންނަ މިންވަރު އިތުރު ކުރުމަށް ޑިޒައިން ކޮށްފައިވާ މިގޭމަކީ މެދު މަދަރުސީ އުމުރުގެ ދަރިވަރުން އެހެންމީހުންނާމެދު ވިސްނާ ގޮތް ބެލުމަށް ހާއްސަކޮށް އުފެއްދި ގޭމެކެވެ. އެހެންކަމުން މި ގޭމުގެ ޒަރިއްޔާއިން ބެލީ ކުޑަކުދިން، އެހެން މީހުންގެ އިހްސާސްތައް ދެނެގަތުމާއި އެކުދިންގެ ދިރިއުޅުމުގައި ދިމާވާ ކަންކަމާއި ގުޅިގެން އުފެދޭ އިހްސާސްތައް ބެލެހެއްޓުމަށް ދަސްކޮށްދިނުމަށެވެ.

މި ދިރާސާ ހެދި ޔުނިވަސިޓީގެ ސެންޓަރ ފޯ ހެލްތީމައިންޑްސްގެ ޑިރެކްޓަރ އަދި ޕްރޮފެސާ އޮފް ސައިކޮލޮޖީ އެންޑް ސައިކޭޓްރީ، ރިޗާޑް ޑޭވިޑްސަން ވިދާޅުވީ "އެހެންމީހުންގެ އުނދަގޫތް ހާލަތްތައް ދެނެގަނެ އެފަދަ މީހުންނަށް ހަމްދަރްދީ ނުވެވޭނަމަ އެހީތެރިވުމުގެ އާދަ ނުވަތަ ހިތްވަރެއް ނުލިބޭނެ" ކަމަށެވެ.

ދިރާސާ ކުރިޔަށް ގެންދިޔަ ޓީމްގެ އިސްވެރިޔަށް ހުންނެވި ޑޭވިޑްސަން ވިދާޅުވީ އެހެންކަމުން ދުރު މުސްތަގްބަލުގެ އުންމީދަކީ ވިޑިއޯ ގޭމަކީ ރަނގަޅު އުފެންދުންތެރި އެއްޗަކަށް ވުން ކަމަށެވެ. އަދި ގޭމިން އިންޑަސްޓްރީ އާއި ގޭމް ކުޅޭ މި މެސެޖް ހިތުގެ އަޑިން ގަބޫލުކޮށްފިނަމަ އެކަން ހާސިލް ކުރެވޭނެ ކަމަށެވެ.

ވީޑީއޯ ގޭމުގެ ސަބަބުން ސިނކުޑިއަށް އެތައް ގޮތަކުން ބަދަލުތައް ގެނުވިދާނެ ކަމަށާއި، ގޯސް އާދަތަކުގެ ބަދަލުގައި މޯރަލް ސްޓޭޑަޑް އިތުރުކޮށްދެވިދާނެކަން މި ދިރާސާއިން ހޯދިފައިވެއެވެ.

އުުރުުން 8 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން އެވްރެޖްކޮށް ދުވާލަކު ހަތްދިހަ މިނިޓް ވަންދެން ވީޑިއޯ ގޭމް ކުޅޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ކުދިންގެ ޅައުމުރުގައި ބުލީ ނުވަތަ ހަނގާ ކުރުމާއި ހަނގާ ލިބުމާއި ޑިޕްރެޝަނާއި ހާސްވުންފަދަ ކަންކަމާއި ކުދިންނަށް ކުރިމަލާން ޖެހެއެވެ.

އަދި އެފަދަ ހާލަތްތަކުގައި ކަންކުރާނެ ގޮތާއި އެހެން މީހުންގެ އިހްސާސްތަށް ދެނެގަނެ ހަމްދަރްދީވާން ދަސްކޮށްދިނުމަށް މި އުމުރުގައި ކުދިން ކުޅޭ ވީޑިއޯ ގޭމްތައް އެހީވެދެއެވެ.

މިފަދަ ކްރިޓިކަލް އުމުރެއްގައި ކުޑަކުދިންނަށް ދިމާވާ އުނދަގޫ ހާލަތްތަކުން އަރައިގަތުމަށް އެކުދިންނަށް ދަސްކޮށްދިނުމަށް، ދިރާސާކުރި ޓީމުން ބަލަން ބޭނުންވީ ޕްސިޓީވް އިމޯޝަނަލް ޑިވެލޮޕްމެންޓަކަށް ވީޑިއޯ ގޭމް ހެދިދާނެ ގޮތްތަކެއް ހުރިތޯ ދެނެގަތުމަށެވެ.

ޑޭވިޑްސަން ވިދާޅުވީ ހަމްދަރްދީވުމަށް ދަސްކޮށްދިނުމަށް މިފަދަ ގޮތެއްގެ ބޭނުން ހިފުމުން ހަމްދަރްދީ ވުމުގެ ހުނަރު ދެނެގަތުމަށް އުނދަގޫ ނުވަތަ ދަތިތަކާއި ކުރިމަތިވާ އާބާދީތަކަށް ފަސޭހަވެއެވެ. އޭގެ ތެރޭގައި އޯޓިޒަމް ހުންނަ ކުދިންވެސް ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.