ޗައިނާގެ ކާއެއްޗެހި ގެއަށް ގެންގޮސްދޭ މީހަކު ކަސްޓަމަރެއްގެ ކާއެއްޗެހި ކާމަންޒަރު ފެންނަ ވީޑިޔޯއެއް އެގައުމުގެ މީސްމީޑިޔާ ސައިޓެއް ކަމަށްވާ ވީބޯގައި މީހުންގެ ސަމާލުކަން ހޯދައިފިއެވެ.

ގުއަންގްޑޮންގް ޕްރޮވިންސުގެ ޝީހުއީ ކިޔާ ރަށެއްގައި ހިނގި މިހާދިސާ އަރާފައިވަނީ ސެކިއުރިޓީ ކެމެރާއަކަށެވެ.

އެ ކެމެރާގެ ވީޑިޔޯއިން ފެންނަ ގޮތުގައި ޑެލިވަރީ މީހާ ލިފްޓުތެރޭގައި ޕްލާސްޓިކު ކޮންޓޭނަރަކުން ކާތަން ފެނެއެވެ. ކުޑަކޮށް ކެއުމަށްފަހު މަތިޖަހައި ދަބަހަށް ލުމަށްފަހު، އެހެން ކޮންޓޭނަރެއް ނަގައި އޭގައިހުރި ސޫޕު ފޮދުން ސޫޕުފޮދެއް ބޯލާ މަންޒަރު ފެނެއެވެ.

ޗައިނާގެ ރިޕޯޓުތައް ބުނާގޮތުގައި ކާއެއްޗެހި ގެއަށް ގެންގޮސްދިނުމަށް ޗައިނާގައި މަޝްހޫރު އެޕްލިކޭޝަނެއް ކަމަށްވާ މެއިތުއާންގައި މަސައްކަތްކުރާ މިމީހާ މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.