އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ނިސްބަތްވާ ފުވައްމުލަކުން ގިނަ އަދަދެއްގެ ޒުވާނުން އިއްތިހާދާ ގުޅިއްޖެއެވެ.
ފުވައްމުލަކުން ގިނަ އަދަދެއްގެ ޒުވާނުން އިއްތިހާދާ ގުޅުނީ އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ އެރަށުގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ.
އަށް އަވަށުގެ މައްޗަށް އެކުލެވިގެންވާ ފުވައްމުލައް ސިޓީގެ އެކި އަވަށްތަކުން ގިނަ އަދަދެއްގެ ޒުވާނުން އިއްތިހާދާ ގުޅި، މިރޭގެ ޖަލްސާގައި އެޒުވާނުން ވަނީ ދައްކާލާފައެވެ.
ރަނިންމޭޓް ފައިސަލް ނަސީމް ވަނީ އިއްތިހާދާ ގުޅުނު ޒުވާނުންނާ ބައްދަލުކުރައްވައި ސަލާމްކުރައްވައި މަރުހަބާ ވިދާޅުވެފައެވެ.
ފުވައްމުލަކު ޖަޒީރާ ރާއްޖެ ކެމްޕޭން ޓީމުން ބުނީ ފުވައްމުލަކަށް ސަރުކާރުން ވައުދުވި ކަންކަން ފުއްދާފައި ނުވާ ކަަމަށާއި އެހެންކަމުން މީގެ ކުރިން ސަރުކާރަށް ތާއީދުކޮށްގެން ތިބި އެތައް ބަޔަކު އިއްތިހާދާ ގުޅެމުންދާ ކަމަށެވެ.
އަދި އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމަކީ މުޅި ފުވައްމުލަކަށް އެތައް ގޮތަކުން މެދުކެނޑުމެއް ނެތި ޚިދުމަތް ކުރައްވަމުން ގެންދަވާ، އެބޭފުޅަކަށް މުޅި ރައްޔިތުން ފަޚުރުވެރިވާ ބޭފުޅަކަށް ވުމުން ރައްޔިތުން ތިބީ އެމަނިކުފާނާ އެކުގައި ކަމަށް ފުވައްމުލަކު ޖަޒީރާ ރާއްޖެ ކެމްޕޭން ޓީމުން ބުނެއެވެ.
ފުވައްމުލަކުން ގިނަ އަދަދެއްގެ ޒުވާނުން މިރޭ އިދިކޮޅު އިއްތިހާދާ ގުޅިފައިވާއިރު އިއްތިހާދުގެ ރަނިންމޭޓް ފައިސަލަކީ ޒުވާނުންގެ ކުރިއެރުމަށް ވެސް ވަރަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނު ފުވައްމުލަކަށް ވަޑައިގަތުމުން ރަށު ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައި އެމަނިކުފާނާ އެކުގައި ތިބިކަން ވަރަށް ރަގަޅަށް ހާމަކޮށްދީފައެވެ. ފައިސަލްގެ ދަތުރުފުޅުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ވެސް ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.
ކަންކަން ކުރާނެގޮތް ނޭގޭބަޔަކަން ނޭނގޭނެ.އަވަހަށް އިސްތިއުފާދެއްވާ.
ކަލޭގެ ނާގާބިލް ކަން ތިކަމުން ހާމަވަނީ