ކުރިން ދެއްވި ތާއީދަށްވުރެ ބޮޑު ތާއީދެއް އިއްތިހާދަށް ދެއްވާ އިބްރާހިމް މުހަައްމަދު ސާލިހާއި، ފައިސަލް ނަސީމަށް ވޯޓްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަައިޝަތު ނަހުލާ ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ ފ މަގޫދޫގައި ބާއްވަަމުންދާ ޖަލްސާގަައި ވާހަކަދަައްކަވަމުންނެވެ.

ނަަހުލާ ވިދާޅުވީ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހަައްމަދު ސާލިހާއި، ރަނިންމޭޓް ފައިސަލް ނަސީމަށް އޮތް ތާއީދު ރަށްރަށުން ފެނިވަޑައިގެންފިކަމަށެވެ. ކޮންމެ ރަށަކުންވެސް ތަފާތު މަަންޒަރުތަކެއް ފެނިވަޑައިގަންނަވާކަމަށާ ނަމަވެސް މަަގޫދޫއިން ފެެނިގެންދިޔަައީ އެއަށްވުރެ ތަފާތު މާ އުފާވެެރި މަަންޒަރުތަަކެއްކަމަށެވެ.

އަައިޝަތު ނަހުލާ ވިދާޅުވީ މަގޫދޫގަައި އަަންހެނުން ސިޔާސީގޮތުން މާ ވަރުގަދަކަމަށާ އެއީ ވަރަށް ބޮޑަށް އުފާކުރައްވާކަމެއްކަމަށެވެ.

އެކަމަނާ ވިދާޅުވީ ރަައީސް ނަޝީދާއި، ގާސިމް އިބްރާހިމަށް ސަަރުކާރުން ބޮޑެތި އަަނިޔާތަކެއް ދީފަައިވާކަމަށާ ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ރަައީސް އަބުދުﷲ ޔާމީންގެ އަަނިޔާވެރިކަމާއި ދެކޮޅުކަމަށެވެ.

ެއަދި އަނިޔާއަށް ނޫނެކޭ ބުނެ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހަައްމަދު ސާލިހާއި، ރަނިންމޭޓް ފައިސަލް ނަސީމަށް ވޯޓްދެއްވުމަށް އަައިޝަތު ނަހުލާ ވިދާޅުވިއެވެ.