ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގަައި ރަައީސް ޔާމީން ވާދަަކުރަންޖެހެނީ ދިވެހި ރައްޔިތުންނާކަމަށާ މި އިންތިޚާބު ދިވެހި ރައްޔިތުން ކާމިޔާބުކުރާނީ ބޮޑުތަަނުންކަމަށް ޖުމްހޫރީ ޕާޓީގެ އެކްޓިންގ ލީޑަރު ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
އިއްތިހާދުން ރ ދުވާފަރުގައި ބާއްވަމުންދާ ޖަލްސާގަައި ވާހަކަދައްކަވަމުން ޑރ ހުސައިން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ ހައްގުބަަސް ބުނަންލިބޭ ވަރުގަދަ ފުރުސަތެއްކަމަށެވެ. އިންތިޚާބުގައި ރައްޔިތުންނަށް އޮތީ ދެ އިޚްތިޔާރެއްކަމަށާ އެއީ ރައީސް ޔާމީން ހެދިހާ ގޮތަކަށް ހެދިގެން ތިބުންކަމަށާ ނުވަތަ ހަައްގުގެ މަގުގައި ތެދުވެ އިންތިޚާބު ހޯދުންކަމަށެވެ.
ޑރ ހުސައިން ވިދާޅުވީ ރަައީސް ދައްކާ ބިރަށް ފަހަތަށްޖެހޭނެ ރައްޔިތަކު މިގަައުމުގަައި ނެތްކަމަށާ ފޫހިވެގެން ކުރައްވާނެެކަމެއް ނެތިގެެން ކިތަންމެ ވަރަކަށް ތާސްކުޅުއްވިޔަސް ރަައްޔިތުންގެ މައްޗަކަށް ހުކުމެއް ނީއްވޭނެކަމަށެވެ. އަަދި އިންތިޚާބު އޮޅުވާލުމަށް ހީފުޅުވެސް ނުކުރެއްވުމަށް ޑރ ހުސައިން ވަނީ ރައީސް ޔާމީނަށް ވިދާޅުވެފައެވެ.
ރަައްޔިތުންނަށް އޮޅުވާލަައިފިނަމަ އެކަަމުގެ އަަގު ދައްކަންޖެހޭނެގޮތް ބުނެދޭންވެސް ނޭންގޭކަން ފާހަގަކުރައްވާ ޑރ ހުސައިން ވިދާޅުވީ މިއީ ދިވެހި ރައްޔިތުންގެ ފަހަރުކަމަށާ އިބްރާހިމް މުހައްމަދު ސާލިހަކީ ރައްޔިތުންގެ ކެންޑިޑޭޓްކަމަށެވެ. ރިޔާސީ އިންތިޚާބުގަައި ރަައީސް ޔާމީން ވާދަަކުރަންޖެހެނީ ދިވެހި ރައްޔިތުންނާކަމަށާ މި އިންތިޚާބު ދިވެހި ރައްޔިތުން ކާމިޔާބުކުރާނީ ބޮޑުތަަނުންކަމަށް ޑރ ހުސައިން ވިދާޅުވިއެވެ.
"މިއީ ރައްޔިތުންގެ ފަހަރު. އަޅުގަނޑުމެން މިދަންނަވަނީ ރައީސް ޔާމީން މި އިންތިޚާބުގަައި ބޮޑުތަނުން ބަލިކުރާނަން. މި ދަންނަވަނީ ބޮޑު ތަނުން އިނގޭތޯ ބަލިކުރާނަަން." ޑރ ހުސައިން ވިދާޅުވިއެވެ.
ޑރ ހުސައިން ވިދާޅުވީ ރީރަޖިސްޓްރޭޝަން އޮޅުވާލާ ރައްޔިތުންނަށް ލިބިފައިވާ ވޯޓްގެ ހައްގު ނިގުޅައިގަަންނަން މަސައްކަތްކުރިނަމަވެސް، ކަންނެެލި ދޯނިތަކުގަައި ފުރައިގެންގޮސްގެން ނަމަވެސް ރައްޔިތުން ވޯޓްގެ ހައްގު ހޯދާނެކަމަށެެވެ.