ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އާއި ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯއްދަވައިދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމުގެ އަނބިކަނބަލުން އައިޝަތު ނަހުލާ ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުުފުޅެއް ފައްޓަވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ އައިޝަތު ނަހުލާ މިއަދު ފެއްޓެވި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކ. ގުޅި، ގުރައިދޫ އަދި މާފުއްޓަށެވެ.

އެކަމަނާގެ މިދަތުރުފުޅުގައި މިރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ގުޅިފައިވާ ޕާޓީ ތަކުގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް އޮޅުންފިލުއްވާނެ ކަމަށްވެސް ޖުމްހޫރީ ޕާޓީން ވަނީ މައުލޫމާތު ދީފަ އެވެ.