އިއްތިހާދުގެ ވެރިކަަމުގަައި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއާއި، ވެމްކޯ އުވާނުލާނެކަމަށާ ސިޔާސީ ނުފޫޒުގައި އެއްވެސް މުވައްޒިފަކު ވަޒީފާއިން ވަކިނުކުރާނެކަމަށްކަމަށް ގުޅިފަައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ގދ ތިނަދޫގައި އިއްތިހާދުން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަަކަދައްކަވަަމުން އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގަަންނަވާ ބަައެއް ވަައުދުތައް އޮޅުވާ، ރައްޔިތުންނަށް ހަގީގަތް ފޮރުވަން ވާދަވެރި ފަރާތުން މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން އިއްތިހާދުގެ ވެރިކަަމެއްގައި އެސްޓީއޯ އުވާލާ އެތަނުގެ މުވައްޒިފުން މަގުމަތިކުރާނެކަމަށް ބުނެ ހަގީގަތެއްނެތް ދޮގު ވާހަކަތަައް ދަައްކަމުންދާކަމަށް އެމަަނިކުފާނު ވިދާޅުވިއެވެ.

އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ކަންމަތީ ފިހާރަތަަކާއި ވާދަކުރާ ކުންފުންޏަކަށް އެސްޓީއޯ ނުވާނެކަމަށާ އެސްޓީއޯއަށް އެމަނިކުފާނުގެ ވެރިކަމުގައި ހެޔޮ ބަަދަލުތަކެއް ގެންނާނެކަމަށެވެ. އެކަމުގެ ސަބަބުން މުވައްޒިފުންނަށް އެތަށްގޮތަކުން ކުރިއެރުން ލިބި، ގަައުމުގެ އިގްތިސާދަށްވެސް ހެޔޮ ބަދަލްތަަކެއް އަންނާނެކަމަށްވެސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިއެވެ.

ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ ވެމްކޯ އުވާލާނެކަމަށް ބުނެވެސް ހަގީގަތެއްނެތް ވާހަކަތައް ފަތުރަަމުންދާކަމަށާ އެއީ އެމަނިކުފާނުގެ ވެރިކަމުގައި ކުރަައްވާނެކަމެއް ނޫންކަމަށެވެ. އިއްތިހާދުގެ ވެރިކަމުގަައި އެއްވެސް މުވައްޒިފަކަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެކަމުގެ ޔަގީންކަން އަރުވަމުން އިބްރާހިމް މުހައްމަަދު ސާލިހް ވިދާޅުވީ އެއްވެސް މުވަައްޒިފެއް ގާނޫނީ އިމުގެ ތެރޭގަައި މަސައްކަތްކޮށްގެން ގެއްލުމެއް ނުލިބޭނެކަމަށެވެ.

މިރޭގެ ޖަލްސާގައި އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި މަސްވެެރިކަމުގެ ސިޔާސަަތަށް ގެންނަވާނެ ބަަދަލުތަައްވެސް ހާމަކޮށްދެއްވާފައެވެ. އެގޮތުން ދިވެހިންގެ މަސްކަނޑުތައް ރައްކާތެރިކޮށްދެއްވާނެކަަމަށް ވަައުދުވެވަޑަައިގެންނެވިއެވެެ. އަަދި ދިވެހި މަސްކަނޑުތަކުގައި މަަސްވެރިކަން ކުރުމުގެ ފުރުސަތު އޮންނާނީ ހަމައެކަަނި ދިވެހިންނަށްކަމަށް ވިދާޅުވިއެވެ.

މަސްވެރި ރައްޔިތެއް ދިރިއުޅޭ ތިނަދޫއާއި ރާއްޖޭގެ އެހެން ސަރަހަައްދުތަކުންވެސް މަސްވެރިންނަށް ފަސޭހަައިން މަސްކިރޭނެ އިންތިޒާމާއި، އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށްވެސް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިއެވެ.

އަދި ތިނަދޫގެ ތަރައްގީއަށްޓަކައިވެސް ކޮށްދެއްވާނެ މުހިންމު ބައެއްކަން އިބްރާހިމް މުހައްމަދު ސާލިހް ވަނީ ވިދާޅުވެދެއްވާފައެވެ.

އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ރައީސް ޔާމީން ކިތަންމެ ނުރުހުނުނަމަވެސް ވެރިކަމުގެ ފުރަތަމަ ދުވަހު މަރުތަކުގެ ހަގީގަތް ހޯދުމުގެ މަސައްކަތާއި، ދަައުލަތުން ގެއްލުނު ފައިސާ ހޯދުމުގެ މަަސައްކަތާއި، އަނިޔާ ލިބިފަައިވާ ބޭފުޅުން މިނިވަަންކުުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.

އަަދި ސިޔާސީ ލީޑަރުން ސަލާމަތްކޮށް، މަޖިލީހުގައި ރައްޔިތުންގެ މަންދޫބުން ތަމްސީލްވުމުގެ ފުރުސަތު ހޯދާދިނުމަށް 23 ސެޕްޓެންބަރުގަައި އިއްތިހާދާއިއެކު ހުރިހާ ރައްޔިތުން ނިކުތުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.