އަނިޔާގެވާހަކަ ދައްކަން އޮތީ ވިއްސަކަށް ދުވަސް ކަމަށާއި، ވޯޓްލާ ދުވަހު އެންމެން ނިކުމެ މިނިވަންކަމާއި އެކު އަނިޔާވެރިކަން ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

މެންބަރު ސައުދުﷲ މިހެން ވިދާޅުވީ ގުޅިފައިވާ އިއްތިހާދުން މިރޭ ގދ.ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ސައުދުﷲ ވިދާޅުވީ ގދ.ތިނަދޫގެ ރައްޔިތުންނަކީ އަނިޔާވެރިކަން އެއީ ކޯޗެއްކަން ރަނގަޅަށް ދަންނަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށެވެ. އަދި ބޭއިންސާފާއި ނަހަމައިން ދެވޭ އަނިޔާގެ ހިތިކަން ތިނަދޫ ރައްޔިތުންނަށް އެނގޭކަމަށެވެ.

އެހެންކަމުން އެއްވެސް ދިވެހިރައްޔިތަކަށް ނުހައްގުން އަނިޔާލިބޭތަން ބަލަން ތިނަދޫ ރައްޔިތުން ބޭނުން ނުވާނެކަމަށް ސައުދުﷲ ވިދާޅުވި އެވެ. ސައުދުﷲ ވަނީ ވޯޓްލާ ދުވަހު މިނިވަންކަމާއެކު އަނިޔާވެރިކަން ނިންމަން ރައްޔިތުން ތައްޔާރުވުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.