ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންގމޭޓު ފައިސަލް ނަސީމް އިންޑިޔާއަށް ވަޑައިގެންފިއެވެ.
ތިންދުވަހުގެ މިދަތުރުފުޅުގައި ފައިސަލްގެ އަރިހުގައި ޕާޓީތަކުގެ އިސް ބޭބޭފުޅުންގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ. މިގޮތުން އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ޢަލީ ނިޔާޒާއި، ޖުމުހޫރީ ޕާޓީގެ ނައިބު ރައީސް ޑރ ޢަބުދުﷲ މަޢުސޫމާއި، މައުމޫން ރިފޯމް މޫވްމެންޓްގެ ފަރާތުން އައިމިނަތު ނާދިރާ ވަޑައިގެންނެވިއެވެ.
ފައިސަލްގެ މިދަތުުރުފުޅަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިގައިވާ ޕާޓިތަކަށް ތާއީދު ހޯއްދެވުމަށްޓަކައި އިންޑިއާގައި ދިރިއުޅޭ ދިވެހިރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ފައިސަލް ނަސީމް އިންޑިޔާއަށް މިފެއްޓެވި ދަތުރުފުޅުގައި މާދަމާ އިންޑިޔާ ގަޑިން ހަވީރު 5 ޖަހާއިރު ތިރުވަނަންތަޕޫރަމްގެ ހޮޓަލް ރޫބީ އެރީނާގައި ދިވެހިންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖައްސާފައެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭން ވަރުގަދަކޮށްފައި ވާއިރު، ރިޔާސީ ކެންޑީޑޭޓު އިބުރާހިމް މުހައްމަދު ޞާލިޙުވެސް މިވަގުތު ކެމްޕޭން ދަތުރުފުޅެއްގައި ވަޑައިގެން ހުންނެވީ ހުވަދު އަތޮޅުގައެވެ،