އިއްތިހާދުގެ ރިޔަސީ ކެންޑީޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިންގައި ވަޑައިގެންނެވި 100 ވަނަ ރަށް ކަމަށްވާ ބާރަށުން ހޫނު މަރުޚަބާއެއް ކިޔައިފި އެވެ.

ހއ އަަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެމަނިކުފާނު ބާރަށަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ނިކުމެ ވަނީ އެމަނިކުފާނަށް ހޫނު މަރުޚަބާއެއް ކިޔާފައެވެ.

އިބޫ އާއި ސަލާމް ކުރެއްވުމަށް ދިގު ސަފެއް އޮތްއިރު ސަފު ނިންމާލި ހިސާބުން ދެންވަނީ އެމަނިކުފާނަށް ޚާއްސަ ޕެރޭޑެއް ބާއްވާފައެވެ. އަދި ރަށު ބަނދަރުން އިބޫ އެރަށު ހަރުގެއަށް ވަޑައިގަތީ ޕެރޭޑްގެ ފަހަތުންނެވެ.