އަންނަންއޮތް ޖީލްތަކުގެ ހައްގުގައި ދިވެހި ދަރިންގެ މުސްތަޤްބަލަށްޓަކައި، އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓް ދެއްވުމަށް، ޖޭޕީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ޖޭޕީގެ ކައުންސިލް މެންބަރު އަދި އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ މިހެން ވުދާޅުވީ އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރަސްދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އައިޝާ ވިދާޅުވީ އިއްތިހާދުން އަނިޔާއާއި ދެކޮޅަށް ނިކުމެ ކުރަމުންދާ ދަތުރަކީ އިއްތިހާދުގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ކުރަމުންދާ ދަތުރެއް ކަމަށެވެ. އައިޝާ ވިދާޅުވީ އެއީ ވަކި ޕާޓީއަކަށް ވަކި ބަޔަކަށް ކުރާ މަސައްކަތެއް ނޫންކަމަށާއި، އަންނަންއޮތް ޖީލްތަކުގެ ހައްގުގައި ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންނަށް އަމާނާތްތެރި ތެދުވެރި ކެންޑިޑޭޓަކީ ކެންޑިޑޭޓް ނަންބަރު 2 ކަމަށާއި، ރައްޔިތުން މި އަނިޔާވެރިކަން ނިންމަން އާދޭހާއިއެކު އެދިވަޑައިގަންނަވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.