މާޒީވެގެންދަނީ ރާއްޖެ ދުށް އެންމެ އަނިޔާވެރި، އެންމެ ޚުދުމުޚުތާރު، އެންމެ ބިރުވެރި ފަސް އަހަރުކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އިއްތިހާދުން ކާނިވާ ސަރަހައްދުގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަދައްކަވަމުން އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ރާއްޖެއަށް ބޮޑު ބަދަލެއް އަންނަން ތައްޔާރުވެފައިވާކަމަށާ ރައްޔިތުން އެކަމަށް ތައްޔާރުވާންޖެހޭކަމަށެވެ.