އިއްތިހާދުގެ ވެރިކަމުގައި ސިފައިންނާއި، ފުލުހުންނަށް ޣައިރު ގާނޫނީ އަމުރެއް ނުކުރައްވާނެކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ކާނިވާ ސަރަހައްދުގައި އެތައްހާސް ބަޔަކާއެކު ކުރިއަށްދާ އިއްތިހާދުގެ "އިންސާފުގެ މަގަށް" ޖަލްސާގައި ވާހަކަދައްކަވަމުން އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ދިވެހި ފުލުހުންނާއި، ސިފައިންގެ އެތައް ބަޔަކު މިއަދު ތިބީ ޖަލުގައިކަމަށެވެ. އިންސާފަށް ވަކާލާތުކުރެއްވި، ހައްގުބަހެއް ބުނި ކޮންމެ މީހަކު ހުރީ ކުށްވެރިކޮށް ޖަލަށްލެވިފައިކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިއްތިހާދުގެ ވެރިކަމުގައި ސިފައިންނާއި، ފުލުހުންނަށް ގައިރު ގާނޫނީ އަމުރެއް ނުކުރައްވާނެކަމަށެވެ.

އަދި ފުލުހުންނާއި، ސިފައިންގެ މުއައްސަސާއަށް ހަގީގީ ޒިންމާއަދާކުރުމުގެ ފުރުސަތު ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައެވެ.