އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ށ. ފޯކައިދުއަށް ވަޑައިގެން އިއްތިހާދުގެ 4 ލީޑަރުން ރަމްޒީގޮތުން މިނިވަންކޮށްފި އެވެ.

ނ. އަދި ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އިއްތިހާދުގެ ޓީމް ފޯކައިދުއަށް ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އިބޫ ފޯކައިދުއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ކަނޑުމަތިން 42 ލޯންޗުގައި އިބޫއަށް މަރުހަބާ ދަންނަވާފައެެ. އަދި ރަށަށް އަރާވަޑައިގަތުމުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ދިވެހިންގެ ސަޤާފީ ހަރަކާތްތަކާއި، ސަޤާފީ މަސައްކަތްތައް ފެނިގެންދާގޮތަށް އިއްތިހާދުގެ ޓީމަށް މަރުހަބާ ކިޔާފައެވެ.