21 ވަނަ ގަރުނުގައި ޑިކްޓޭޓަރުންނަށް ޖާގައެއް ނެތްކަމަށް އިއްތިހާދުގެެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފޯކައިދޫގެ ރައްޔިތުންނާއި މުހާތަބުކުރައްވަމުންނެވެ. ރައީސް ޔާމީން ވެރިކަން ހިންގަމުންދާގޮތަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ އިބޫ ވިދާޅުވީ، 21 ވަނަ ގަރުނުގައި ޑިކްޓޭޓަރުންނަށް ޖާގައެއް ނެތްކަމަށާއި، ދުނިޔޭގެ ބޮޑެތި ޤައުމުތަކުން އެކަން ސާބިތުކޮށްދެމުންދާކަމަށެވެ. ރާއްޖެ ހިނގަމުންދަނީ ޚުދުމުހުތާރުކޮށް ކަމަށް ވިދާޅުވެ އިއްތިހާދުގެ ކެންޑިޑޭޓް ވިދާޅުވީ، ޔޫރަޕިއަން ޔޫނިއަން (އިޔޫ) އަދި ކޮމަންވެލްތު ފަދަ ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި ދެކޮަޅަށް ތެދުވެ، އަދި ދޭދޭ ޤައުމުތަކާއި ބޮޑެތި ޤައުމުތަކާއި ގުޅުން ކަނޑާލައިގެން ކުރިއަށް ނުދެވޭނެ ކަމަށެވެ.
ފޯކައިދޫގެ ރައްޔިތުންނާއި މުހާތަބުކުރައްވާ އިއްތިހާދުގެ ކެންޑިޑޭޓް ވަނީ ފޯކަައިދޫ އަށާއި، އަދި ށ. އަތޮޅުގެ ރައްތަކަށް އިއްތިހާދުގެ ވެރިކަމެއްގައި ކޮއްދެއްވާނެ ބައެއް ކަންކަން ވިދާޅުވެދެއްވާފައެެވެ. އިބޫ ވިދާޅުވީ، އިއްތިހާދުގެ ވެރިކަމެއްގައި ފޯކައިދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށެވެ.
އެގޮތުން އެރަށުގައި ބަނދަރު ރަނގަޅުފެންވަރަކަށް ތަރަށްޤީކޮށް، ފެނާއި ނަރުދަމާ ޤާއިމްކޮށް، އަދި އިންޖީނުގެވެސް އެހެން ބިމެއްގައި ރަނގަޅު ފެންވަރަކަށް އިމާރާތްކޮށްދެއްވާނެ ކަމަށެވެ. އަދި ށ. ބިލަތްފަހީގައި އެއާޕޯޓެއް އަޅައި، ށ. އަތޮޅުގެ ރައްޔިތުންގެ އެދުމާއި އެއްގޮތަށް ނަަަލަންދޫގައި ރިސޯޓެއް ތަރަށްޤީކޮށް، ނޫމަަރާ، ނަަރުދޫ އަދި މާއުނގޫދޫ އަދި ފުނަދޫވެސް ހިމެނޭގޮތުން ށ. އަތޮޅުގެ ރައްޔިިތުންނަށް ސީދާގޮތުގައި ފައިދާކުރާނެގޮތަށް ޚިދުމަތްތައް ޤާއިމްކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ކައުންސިލް އިދާރާ ހުންނާނީ ފުނަދޫގައި ކަމަށްވެސް ވިދާޅުވިއެވެ.
އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ފައިސާއިން ވައްކަން ކުރިނމަވެސް ވޯޓުން ވަައްކަންކުރުމުގެ ފުރުސަތު ދިވެހިން ނުދޭނެކަމަށެވެ.
އިބޫ ވަނީ ދިވެހިރައްޔިތުން މިއަދުތިބީ ހާސްކަމާއި ބިރުވެރިކަމުގެ ތެރޭގައި ކަަމަށާއި، މިމަހުގެ 23ގައި ނަގާ ވޯޓަށްފަހު ދިވެހިންގެ ހާސްކަން ފިލުވާލައި، އަަމާން ރާއްޖެއެއް ދިވެހިންނަށް ހޯދަދޭނެެކަމަށްވެސް ވިދާޅުވެފަ އެވެ.