ށ. ކޮމަންޑޫ ހިމެނޭ ސަރަހައްދުގައި އެއާޕޯޓެއް ހަދައިދިނުމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވައުދުވެވަޑައިގެންފި އެވެ.

އިބްރާހީމް މުހައްމަދު ސޯލިހް މިކަމަށް ވައުދުވެވަޑައިގެންނެވީ އެމަނިކުފާނު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑޫ އަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށަކުން ވެސް އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ރައްޔިތުން އެދޭ ކަމަށާއި އަސާސީ ހިދުމަތްތައް ފުރިހަމަ ނުވެ ހުރި ރަށްރަށުގައި އެ ހިދުމަތްތައް އެއްވެސް ތަފާތު ކުރުމެއް ނެތި ގާއިމުކޮށްދެއްވާނެ ކަމަށެވެ.