ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޖޭޕީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ މިއަދު އައްޑޫސިޓީއަށް ވަޑައިގަތުމުން އެކަމަނާއަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
އައިޝަތު ނަހުލާ މިއަދު އައްޑޫއަށް ވަޑައިގެންނެވި ވަގުތު އެކަމަނާއަށް މަރުހަބާ ދެންނެވުމަށްޓަކައި އެތައްސަތޭކަ ބަޔަކު ގަމަށް ޖަމާވިއެވެ. އެކަމަނާ އައްޑޫއަށް މިކުރައްވާ ދަތުރުފުޅަކީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހާއި ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯއްދަވައިދެއްވުމުގެ ގޮތުން ކުރައްވާ ޚާއްސަ ދަތުރުފުޅެކެވެ.