ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫންގެ އަނބިކަނބަލުން މަރިޔަމް ލީޝިޔާ ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ހޯއްދެވުމަށް ފުރަތަމަ ފަހަރަށް އަތޮޅު ތެރެއަށް ވަޑައިގެން ކެމްޕޭންގައި ބައިވެރިވެވަޑައިގެންފި އެވެ.

މީގެކުރިން ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ލީޝިޔާ ފެނިގެން ނުދިޔަ ނަމަވެސް ފާރިސް ހައްޔަރުކުރުމާއެކު އޭނާ ގެންދަވަނީ ވަރަށް މަދުން ނަމަވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެެރިވެވަޑައިގަންނަވަމުންނެވެ.

އިބޫއަށް ތާއީދު ހޯއްދެވުމަށް ލީޝިޔާ މިއަދު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ފާރިސް ތަމްސީލް ކުރައްވަމުން ގެންދަވާ ދިއްގަރު ދާއިރާގެ އެންމެ ބޮޑު ރަށް ދިއްގަރަށެވެ.