ސްޕޭސް އެކްސްގެ އާ ރޮކެޓްގައި ހަނދަށްދާނެ ފަޅުވެރިޔަކު ކަނޑައަޅައިފި އެވެ.

ސްޕޭސް އެކްސް ކުންފުުނިން ބުނީ އެ ކުންފުނީގެ އާ މިޝަން އާއި އެކު އަލަށް އުފައްދާފައިވާ ރޮކެޓްގައި ހަނދަށް ފޮނުވާނީ ޖަޕާނު ބިލިއަނަރެކެވެ.

އެލަން މަސްކް އާއި އޭނާގެ ރޮކެޓް ކުންފުނި ސްޕޭސް އެކްސްއިން އުފައްދާފައިވާ އާ ރޮކެޓް ލޯންޗު ކުރާއިރު ހަނދުގެ ވަށައިގެން ދަތުރު ކުރާނީ އަމިއްލަ ފަޅުވެރިއެއް ކަމުގައިވާ ޔޫސަކް މައިޒާވާ އެވެ.

އޭނާ އަކީ ޖަޕާނުގެ ވިޔަފާރިވެރިއެކެވެ. އަދި އާޓް ކަލެކްޓަރ އެކެވެ. ޕްލޭނާއި އެއްގޮތަށް ހުރިހާ ކަމެއް ގޮސްފިނަމަ މައިޒާވާގެ މި ލޫނާރ ދަތުރަށް 'ބިގް ފަލްކަން ރޮކެޓް (ބީއެފްއާރް)' ގެ ނަންދީފައިވާ ރޮކެޓް ހަނދުގެވަށައިގެންވާ ސެޓްލްއިޓްތައް ކައިރީގައި ބުރު ޖަހާނެ އެވެ.