ރައީސް ޔާމީންގެ ދެވަނަ ސޫރައަކަށް ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށާއި ރައްޔިތުންގެ ސައިޒު ދައްކާނީ ސެޕްޓެމްބަރު 23 ގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯދުމަށް ޖުމްހޫރީ ވިންދުން ބޮޑުތިލަދުންމައްޗަށް ކުރަމުންދާ ދަތުރުގައި މިރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައެވެ.

އައިޝާ ވަނީ މިއަދު އެކަމަނާ ކުޅުދުއްފުއްޓަށް ވަޑައިގަތުމުން ރައްޔިތުން ދެންނެވި ހޫނު މަރުހަބާއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އިއްތިހާދުގެ ކެންޑިޑޭޓު ކާމިޔާބުކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުން ދީފި ކަމަށެވެ.