އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާނަކީ ވަރަށް ވެސް އޯގާތެރި ދަރިއެއް ކަމަށް އެމަނިކުފާންގެ މަންމަ ޒާހިދާ ހަލީލް ވިދާޅުވެއްޖެއެވެ.

އިމްރާންގެ މަންމަ މިހެން ވިދާޅުވީ މިދިޔަ ހޯމަ ދުވަހު އިމްރާންގެ އަމިއްލަ ރަށަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕެއިން ދަތުރުފުޅެއްގައި ވަޑައިގަތުމުން ވީނިއުސްއަށް ދެއްވި ކުރު އިންޓަވިއުއެއްގައެވެ.

އިމްރާންގެ މަންމަ ޒާހިދާ ވިދާޅުވީ، ނުހައްގުން އިމްރާން ޖަލައްލާފައި ވުމުން ހިތަށް ކުރާ އަސަރު ބުނެދެން ވެސް ނޭނގޭ ކަމަށާއި ގިނަ ފަހަރަށް ރޮވޭ ކަމަށެވެ. އަދި މާތް ﷲ އިރާދަކުރައްވައިގެން އިމްރާން މިނިވަން ވެގެން އަންނަ ދުވަހަކުން ވަރަށް އުފާވާނެ ކަމަށް ވެސް ޒާހިދާ ވިދާޅުވި އެވެ.