ފުވައްމުލަކު ރައްޔިތުންގެ ހިތްތަކާއި ކުޅެން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް، ފުވައްމުލަކުން ކުރި ހޯދާނީ އިއްތިހާދުން ކަމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް ނަސީމް މިހެން ވިދާޅުވީ ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓާއެކު ފުވައްމުލަކަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވީ، މިރޭގެ ޖަލްސާއަކީ ފޯއްމުލަކުގެ މުޅި ތާޜީޚުގައި ގިނައަދަދެއްގެ ރައްޔިތުން އެއްތަނަކަށް ޖަމާވެތިބި ހަރަކާތް ކަމަށާއި، އެކަމަށްޓަކައި ޝުކުރު ދަންނަވާކަމަށެވެ. ފައިސަލް ވިދާޅުވީ ފޯއްމުލަކުގެ ތަރަށްޤީއަށް މަސައްކަތް ކުރުމުގެ ބަދަލުގައި ގިނަ ކަންކަން ފަހަތަށް ޖައްސައި ސިއްޚީ ޚިދުމަތްވެސް 5 އހަރު ފަހަތަށް ޖައްސާފައިވާ ކަމަށެވެ. އަދި ޒުވާނުންނާއި ރައްޔިތުން ބައިބައިކޮށްގެން މުޖުތަމަޢުގެ ހަމަޖެހުން ނަގާލަން މަސައްކަތްތަކެއް ކޮށްފި ކަމަށެވެ