ގުޅިފައިވާ އިއްތިހާދާ ގުޅިވަޑައިގަތީ ހައްޔަރުކޮށް ޖަލަށްލާފައިވާ ހަތަރު ލީޑަރުން ސަލާމަތްކުރުމުގެ މަސައްކަތުގައި ބައިވެރިވެވަޑައި ގަތުމުގެ ގޮތުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ ހިޔަލީ މުހަންމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ އިއްތިހާދުން އައްޑޫސިޓީ ހިތަދޫގައި ބާއްވާ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހިޔަލީ މުހަންމަދު ރަޝީދު ވިދާޅުވީ، އިއްތިހާދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ޕޯޑިއަމަށް އަރާވަޑައިގެންނެވީ އަހްމަދު ނާޒިމް ވިދާޅުވި ވިދާޅުވުމަކަށް ކަމަށެވެ.
މިކަމުގައި އަމިއްލަ އެއްވެސް އެދުންފުޅެއް ނެތްކަމަށާއި، އިއްތިހާދުގެ ސަރުކާރުންގެ ވަޒީފާއެއްވެސް ބޭނުންފުޅު ނުވާ ކަމަށާއި، ސަރުކާރާ ގުޅުމުގެ އެއްވެސް ވިސްނުންފުޅެއްވެސް ނެތްކަމަށް ހިޔަލީ މުހަންމަދު ރަޝީދު ވިދާޅުވިއެވެ.
ހިޔަލީ ވިދާޅުވީ، އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހަކީ އިޚްލާސްތެރި، ރަނގަޅު ބޭފުޅެއް ކަމަށާއި، ރިޔާސީ އިންތިޚާބުގައި ވޯޓް ދެއްވާނީ އިބޫއަށް ކަމަށެވެ.