23 ވަނަ ދުވަހުގެ އިބްރާހިމް މުހައްމަދު ސާލިހަށް ދެވޭ ވޯޓަކީ ވިޔަފާރިވެރިންނަށް އޮތް ބިރުވެރިކަން ނިންމަންދެވޭ ވޯޓެއްކަމަށް ޖުމްހޫރީ ޕާޓީގެ އިގްތިސާދީ ކޮމެޓީގެ ޗެއާ އަދި މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބް ރައީސް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ވިޔަފާރިތައް ފުޅާކޮށް، ރާއްޖޭގެ އިގްތިސާދީ ދުޅަހެޔޮކަމަށްޓަކައި ވަކާލާތުކުރައްވަމުން ގެންދަވާ ސައުދުﷲ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ 23 ވަނަ ދުވަހުގެ އިބްރާހިމް މުހައްމަދު ސާލިހަށް ދެވޭ ވޯޓަކީ ކުދި ވިޔަފާރި ވެރިންނަށް ލިބެމުންދާ ނުހައްގު އަނިޔާއިން ސަލާމަތްވުމަށް ދެވޭ ވޯޓެއްކަމަށާ އެއީ ވިޔަފާރިވެރިންނަށް އޮތް ބިރުވެރިކަން ނިންމަންދެވޭ ވޯޓެއްކަމަށެވެ.

އަދި އެދުވަހު އިބޫއަށް ދެވޭ ވޯޓަކީ މިނިވަންކަމާއެކު ވިޔަފާރިކުރުމުގެ ފުރުސަތު ހޯދުމަށްދެވޭ ވޯޓެއްކަމަށްވެސް ސައުދުﷲ ވިދާޅުވިއެވެ.